ads
ވެލާނާ އެއާޕޯޓްގެ އާ ކޮންސެޕްޓް އިފްތިތާހްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ—
ފުނަދޫ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ހަދަނީ
އެސްއީޒެޑްގެ ތެރެއިން ކުރާ މަސައްކަތުގެ ތެރެއިން މާލޭ ކައިރީގައި އޮންނަ ފުނަދޫ، ބައިނަލް އަގުވާމީ ފައިނޭންޝަން ސެންޓަރަކަށް ހެދުމަށް ނިންމަވާފަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު އެސްޓީއޯއިން ތެޔޮ ރައްކާކުރަން ބޭނުންކުރަމުން އަންނަ ފުނަދޫއަކީ މާލެއާއި އެންމެ ކައިރީގައި އޮންނަ ރަށެވެ. 

މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކޮންސެޕްޓް އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ފުނަދޫގައި ކުރަމުންދާ މަސައްކަތްތަށް އެހެން ރަށަކަށް ބަދަލުކުރެވިގެންދާނެކަމަށެވެ.

ފުނަދޫ އާއި މާލޭއާއި އަދި ފުނަދޫއާއި ހުޅުލެއާއި ބުރިޖަކުން ގުޅުވާލާނެކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުލެއިން ހުޅުމާލޭއިން ސީޕްލޭން ޓާމިނަލަށް އަދި ހުޅުލެއިން ސީޕްލޭން ޓާމިނަލަށް ވަށާޖެހޭގޮތައް ބްރިޖެއް އަޅައި މޮނޯރެއިލް ސިސްޓަމެއް ގާއިމްކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަސައްކަތްތަކަށް އިންވެސްޓަރުން ހޯދަން މިހާރުވެސް ފެށިފައިވާކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދުކުރަނީ އިރާދަކުރެއްވިޔާ މިއަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެކަމަށް. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓަބްލިޝްކުރަން." ރައިސް ވިދާޅުވި އެވެ. 

 މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ ވެގެން ދާނީ އިންޓަނޭޝަނަލް ފައިނޭންސް ސެންޓާތައް ގާއިމްކުރުމަށް އެޅޭ ފުރަަތަމަ ފިޔަވަޅުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ހާއްސަ ގާނޫނެއް ފާސްކޮށް އިންޓަނޭޝަނަލް ފައިނޭންޝަލް ހަބް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. 

އޭގެ އިތުރުން ރައީސް ވަނީ ގުޅީފަޅުގައި ހެދުމަށް ކުރިން ނިންމާފައި އޮތް ޕޯޓްގެ މަސައްކަތަކީ އެތަނަށް އެކަށީގެންވާ މަސައްކަތަކަށް ނުވާތީ ތިލަފުއްޓަށް ބަދަލުކުރަން ނިންމަވާފަވާކަން ހާމަކޮށްފައެވެ.

ތިލަފުށީގައި ގާއިމްކުރެވިގެންދާނީ ފުރިހަމަ އިންޓަނޭޝަނަލް ޕޯޓެއްކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ސަރުކާރުން އުފައްދަން ނިންމާފަވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކޮމްޕެނީގެ ދަށުން ކުރާ މަސައްކަތައް 100 ހެކްޓަރު ބިން ތިލަފުށި ސަރަހައްދުން ކަނޑައަޅާނެކަމަށެވެ.

އަދި އެތަން ރި-އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަން ސްޕެޝަލް އިިކޮނޮމިކް ޒޯނަކަށް ހެދިންގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް