ads
ދިވެހި އަންހެން ފުޓްބޯޅަ ޓީމުގެ ބައެއް މެންބަރުން
ޒުވާން އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރުވެސް ނުކުޅޭ
އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި މި ފަހަރުވެސް ރާއްޖޭން ވާދަ ނުކުރެއެވެ.

ސާފް 20 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި މިދިޔަ އަހަރުވެސް ރާއްޖެ ބައިވެރިނުވެއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ބައިވެރިނުވާއިރު، 2022 އޮތް ސާފް 18 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި އަދި އޭގެ ކުރީ އަހަރު އޮތް 19 އަހަރުން ދަށުގެ އަންހެން މުބާރާތުގައިވެސް ރާއްޖޭން ބައިވެރިއެއް ނުވެއެވެ.

ޓުވާޑަސް ފިއުޗަރގެ ނަމުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ނަމުގައި އެފްއޭމުން އެކިއެކި ކެމްޕެއިންތައް ކުރަމުން ދިޔަނަމަވެސް ވިދިވިގެން ހަތަރުވަނަ އަހަރު ސާފް ޒުވާން އަންހެން މުބާރާތްތަކުގައި ރާއްޖޭން ބައިވެރިނުވި ސަބަބެއް އެފްއޭއެމަކުން ހާމައެއް ނުކުރެއެވެ.

އަންހެން ފުޓްބޯޅައާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް، އެފްއޭއެމްގެ އެކްސްކޯއިން އިސްތިއުފާދިން، ކުރީގެ ޖީއެސް ހުސެއިން ޖަވާޒުގެ އަންހެނުން އާމިނަތު ޝާނީވަނީ ކޮށްފައެވެ. 

އަންހެން ގައުމީ ޓީމުގެ ހަރަކާތެއް ނޯންނަތާ، އަންހެން ފުޓްބޯޅަ މުބާރާތްވެސް އެފްއޭއެމުން ނުބާއްވާތާ ވަރަށް ދުވަސް ވެއްޖެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް