ads
ޗައިނާ މީހުންނަށް ހާއްސަކޮށްގެން ދިވެހި ބަހުގެ ފޮތެއް ނެރެފި
ޗައިނާ މީހުންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ ބޭނުމުގައި ފޮތެއް ނެރެފި އެވެ.

މި ފޮތް ނެރެފައިވަނީ ޗައިނާ ރައްޔިތެއް ކަމުގައިވާ ފެންގް ފެންގް އެވެ. ފޮތުގެ ނަމަކީ "ދިވެހި ބަސް" އެވެ.

ފެންގް ފެންގް އެކްސް ގައި ކޮޮށްފައިވާ ފޯސްޓެއްގައި ބުނެފައިވާ ވަނީ އޭނާގެ މިފޮތަކީ ޗައިނާގައި ސްޕޯކިން ދިވެހި ބަހުގެ ފުރަތަމަ ޓެކްސްޓްފޮތުގެ ގޮތުގައި ޝާއިރުކުރެވިފައިވާ ފޮތެއްކަމަށާއި އަދި މި ރީތި ބަސް ޗައިނާގެ އިތުރު ބަޔަކަށް ވިސްނޭނެ ކަމަށް އުންމީދުކުރާކަމަށެވެ. 

މީގެ އިތުރުން މިފޮތް ތައްޔާރު ކުރުމަށް އެހީތެރިވެފައިވާ ދިވެހި ރަހުމަތްތެރިންނަށް ފެންގް ވަނީ ޝުކުރު އަދާކޮށްފައި އެވެ.

ފެންގް ފެންގް އަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިވެހި ބަހުގެ ކޯސް ފުރިހަމަކޮށްފައިވާ ޗައިނާ ރައްޔިތެކެވެ. އަދި މިހާރު އޭނާ އަންނަނީ ޗައިނާގެ ލޭންގުއޭޖް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ، ބެއިޖިންގެ ފޮރިން ސްޓަޑީސް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަސް މީހުންނަށް އުނގަންނައިދެމުންނެވެ.

ޗައިނާގެ ޒުވާނެއް ކަމަށްވާ ޝޫ ފަންގް ފަންގްއަކީ ޗައިނާގެ ފުރަތަމަ ދިވެހި މުދައްރިސް ވެސް މެއެވެ. 

2013 ވަނަ އަހަރު ދިވެހި ބަސް ދަސްކުރަން ފެށި ފެންގްގެ މި މި ފޮތް އަލީ އެކްސްޕްރެސްއިން ލިބެން އެބަހުއްޓެވެ.

ފެންގް އެކްސްގައި ކޮށްފައިވާ އިތުރު ޕޯސްޓެއްގައި ވާގޮތުން އޭނާއަށް އެންމެ ފުރަތަމަ ދިވެހި ބަސް އުނގަންނައިދިނީ ޑރ. ޝައިސްތާ އަލީއެވެ. މިކަމާ ގުޅޭގޮތުން އޭނާ ކޮށްފައިވާ ޕޯސްޓުގައި ބުނީ ދިވެހި ބަސް ދަސްކުރުމުގެ މަރުހަލާގައި، އަކުރުގެ ރާގާއި މަޚުރަޖުން ފެށިގެން ގޮސް އަކުރު ލިޔާނެ ގޮތް ވެސް އުނގަންނައިދިނީ ޑރ. ޝައިސްތާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް