ads
ކްރިމިނަލް ކޯޓު ހުއްޓުމުން ޕީޖީގެ ކަންބޮޑުވުން
ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެ، ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ އެކަމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އަމާރާތަށް ގެއްލުންވެފައިވާތީ، އެކަމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައި ޕީޖީ ވަނީ މިމައްސަލަ ހައްލުކޮށްދެއްވައި، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާފަ އެވެ. 

އަދި އެ ޒިންމާ އަދާކޮށްދެއްވައި، ކޯޓުގެ ވަސީލަތްތައް ރަނގަޅު ކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްވަނީއިލްތިމާސް ކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަނީ އާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހުކަން ފާހަގަ ކުރައްވައފި ޕީޖީ ވިދާޅުވީ އެ ދުވަސް ފިޔަވައި، އެހެން ދުވަސްދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ، އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އަދި އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިޔަސް، އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް