ads
އަމީނީމަގުގައި މިއަދު ތާރު އަޅަން ފަށަނީ
އަމީނީމަގުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އަމީނީމަގުގެ މަސައްކަތުގެ އަވަސްކަން ފާހަގަ ކުރައްވަމުން ޑރ. މުއްތަލިބް މިއަދު ވިދާޅުވީ، މިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު އެ މަގުގެ ނުނިމިއޮތް ބައިގައި މިހާރު ވަނީ، ތާރު އެޅުމަށް ތައްޔާރުވެފައި ކަމަށެވެ.

"މަގު މިހާރު މިވަނީ ތާރު އެޅުމަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ." މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވި އެވެ.

އާރުޑީސީން މިއަދު ބުނެފައިވަނީ އަމީނީމަގުގައި އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

އަމީނީމަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އާރުޑީސީން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެރިކަން ނިމުނު އިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް