ads
މެންބަރު ވިސާމް މިފަހަރު މަޖިލީހަށް ވާދަ ނުކުރަން ނިންމައިފި
ލ.ގަމު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ވިސާމް މިފަހަރު މަޖިލީހަށް ވާދަ ނުކުރާން ނިންމަވައިފި އެވެ.

އޭނާ ފޭސް ބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ‎ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ލ. ގަމާއި ލ. މުންޑޫއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިދުމަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާއި ގާތުން ރަށްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް އުންމީދުކުރަށްވާކަމުގަ އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އޭނާ އަށް މިކަމުގައި އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރި ޝުކުރު އަދާކުރަށްވާކަމަށެވެ. އޭނާ އެ ޕޯސްޓުގައި ވިދާޅުވީ މިފަހަރު މަޖިލީސް އިންތިހާބުގައި ވާދަ ނުކުރެއްވި ކަމުގައި ވީނަމަވެސް  އަބަދުވެސް ރައްޔިތުންނާއި އެމްޑީޕީއަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް އަރުވާކަމަށެވެ.

"އަބަދުވެސް ރައްޔިތުންނާއި އެމްޑީޕީއަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އެންމެ ބޭފުޅުންނަށް އަރުވަން،" ވިސާމް ވިދާޅުވި އެވެ.

ވިސާމުއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވިސާމު ވާދަނުކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު، މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު، މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިން ވެސް ވަނީ ވާދަ ނުކުރުއްވުމަށް ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް