ads
މާރިއޯ ޒަގަލޯގެ ފޮޓީ ޖެހި ދިދައެއް
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޒަގަލޯ މަރުވެއްޖެ
ބްރެޒިލްގެ ލެޖެންޑަރީ ކުޅުންތެރިޔާ، އަދި ކޯޗު މާރިއޯ ޒަގަލޯ މަރުވެއްޖެއެވެ.

ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު، ވޯލްޑްކަޕް ފައިނަލަށް ދިޔަ ބްރެޒިލްގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު މާރިއޯ ޒަގަލޯ މަރުވިއިރު އުމުރަކީ 92 އަހަރެކެވެ.

ޒަގަލޯއަކީ، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕް ކާމިޔާބުކުރި ފުރަތަމަ މީހާއެވެ. ބްރެޒިލުގައި އޭނާ މަޝްހޫރުވެފައިވަނީ ކާމިޔާބު ހޯދާ، ކާމިޔާބު ލިބޭ، އަދި ގައުމުގެ ފުޓްބޯޅައިގެ ހުރިހާ ހަރުފަތެއްގައި ހުރި ހަމައެކަނި މީހާގެ ގޮތުގައެވެ. ބްރެޒިލްގެ ފަހުގެ ރަން ޖީލު ކަމަށްވާ ރޮނާލްޑޯ، ރޮނާލްޑީނިއޯ އަދި ރޮބާޓޯ ކާލޮސްމެންގެ ރަން ޒަމާނުގައި ޒަގަލޯވަނީ އެ ކުޅުންތެރިންނަށް ކޯޗުކޮށްދީފައެވެ.

ޒަގަލޯއަކީ 1958އާ 1962ގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ ފޯވާޑެވެ. އަދި 1965ގައި ކުޅުން ހުއްޓާލުމަށްފަހު، މަޝްހޫރު ޕެލޭ ހިމެނުނު ޓީމަށް ކޯޗުކޮށްދީ، 1970ގެ ވޯލްޑްކަޕް ހޯދައިދިނެވެ. ޕެލޭ ނެތި 1974ގައި އޭނާގެ ކޯޗުކަމުގައި ބްރެޒިލަށް ލިބުނީ ހަތަރުވަނައެވެ.

އޭނާއަކީ 1994ގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އަދި 1998ގެ ވޯލްޑްކަޕް ފައިނަލްގައި ފްރާންސް އަތުން 3-0ން ބަލިވިއިރު ކޯޗަކީވެސް އޭނާއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް