ads
އަމީނީމަގުގެ މަސައްކަތް ނިމެނީ، މިރޭ ތާރު އަޅަން ފަށައިފި
އަމީނީމަގުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިރޭ ފަށައިފި އެވެ.

އާރުޑީސީން ބުނެފައިވަނީ އަމީނީމަގުގެ ސެގްމެންޓް 12 އާއި 13 ގެ މަސައްކަތް ޝެޑިއުލް އާއި އެއްގޮތަށް ކުރެވެމުން ގޮސް ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރިއަށް ގެންގޮސްފައި ވަނީ އޭބީސީ ފަށަލައިގެ މަސައްކަތާއި އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަޕްގްރޭޑް ކުރެވޭ ސްޓޯމް ވޯޓާ ޕަމްޕްތަކުގެ އައުޓް ފޯލް ހޮޅި އެޅުމާއި ޑީވޯޓަރިން އައުޓް ފޯލް ހޮޅި އެޅުމަށް، ބޮޑުތަކުރުފާނުމަގުގެ ތާރު ކަނޑައިގެން ކުރަންޖެހޭ މަސައްކަތް ވެސް މިރޭ ކުރަމުން އަންނަ ކަމަށް އާރުޑީސީން ބުނެފައިވެ އެވެ.

އަމީނީމަގުގައި މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މިއަދު ހެނދުނު ވިދާޅުވެފައެވެ.

މީގެއިތުރުން އެ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އާރުޑީސީން މަސައްކަތްކުރަމުންދާ ކަމަށް ވެސް، މިނިސްޓަރު މުއްތަލިބު މީގެ ކުރިން ވިދާޅުވިއެވެ.

އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް