ads
މާލެ ސަރަަހައްދުގައި ގެދޮރު އަޅަން ފަސް ޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓުގައި ލޯނު ދެނީ
މާލޭ ސަރަހައްދުގައި އަލަށް ހިއްކާ ބިންތަކުގައި ގެދޮރު އަޅަން ފަސްޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓުގައި ލޯނު ދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
Advertisement

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ސަރުކާރު ކެނޑިޑޭޓު އާޒިމާ ޝަކޫރުގެ ކެމްޕޭނު ހަރަކާތެއްގައި މާލޭގައި ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުން ހިއްކާ ހަތަރު ބިމުގައި ގެދޮރު އަޅައި ވަރަށް އަވަހަށް އާބާދުވާން ފެށޭނެކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ލުއިލޯނު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

"ލުއިލޯނު ޕަސަންޓަށްވުރެ ބޮޑު ނޫން އިންޓަރެސްޓުގައި އަޅުގަނޑުމެން ފަށަން މިހާރު ހުރިހާ މަސައްކަތެއް ތައްޔާރުވަމުން މިދަނީ. ލުއިލޯނު ލިބެންފެށީމާ މި ދެންނެވި ހަތަރު ބިމުން ގޯތިލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގަ ގެދޮރު ބިނާކުރުމުގެ ފުރުސަތު ލިބިގެން އެބަދޭ،" - ރައީސް މުއިއްޒު-

މާލެ ސަރަހައްދުގައި އަލަށް ހިއްކަން ފަށާފައިވާ ބިންތަކަކީ ގުޅީފަޅު، ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު ފާޅު އަދި ރަސްމާލެއެވެ. 

ރައީސް މީގެ ކުރިން ވިދާޅުވެފައިވާގޮތުން، މާލެ ސަރަހައްދުގެ ބިންތައް 8 މަސް ދުވަހުގެ ތެރޭގައި ހިއްކާއި ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ގުޅީފަޅާ، ހުޅުމާލެ ފޭސް 3 ހިއްކަން ފެށީ މި ނުމުނު އެމްޑީޕީ ސަރުކާރުގައެވެ. ނަމަވެސް ސަރުކާގެ މުއްދަތު ހަމަވިއިރު ވެސް އެ މަޝްރޫތަކެއް ނިންމައެއް ނުލެވުނެވެ. އެހެންކަމުން ރައީސް ޑރ، މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ އެ ތިން ބިން ވެސް ހިއްކުމުގެ މަސައްކަތް އަލުން ފައްޓަވާފައެވެ. 

މި ސަރުކާރުން ވަނީ ފުށިދިއްގަރު ފަޅުގައި "ރަސްމާލެ" ނަމުގައި އާ ބިމެއް ހިއްކުމުގެ މަޝްރޫއެއް ފަށާފައެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ތަރައްގީ ކުރުމުގެ މަޝްރޫއަށް، އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންއަންނަ ލަންކާގެ ސީއެމްސީސީން 10.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. ޑޮލަރުން ބަލާނަމަ އެއީ 700 މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް