ads
އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓް އަދި މަޖިލިސް މެންބަރު ހަސަންޓޭ ޕީއެންސީއަށް
އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓް އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، ހަސަން އަހުމަދު - ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

ހަސަންޓޭ ޕީއެންސީއާ ގުޅުނުކަން އޭނާ ހާމަކުރެއްވީ މިއަދުއެވެ. 

މިއަދުން ފެށިގެން އަޅުގަޑު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއިއެކު ކުރިއަށްދިއުމަށް ނިއްމައިފީމެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީ.އެން.ސީ އާއިއެކު ހުންނާނެވާހަކަ ދަންނަވަމެވެ. ހަސަންޓޭ މިއަދު ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް ފޯމް ހަވާލު ކުރާ ފޮޓޯ ހިއްސާ ކުރަމުން ވިދާޅުވިއެވެ.

ހަސަންޓޭ ޕީއެންސީއަށް މި ގުޅުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވިތާ ދުވަސްކޮޅެއް ފަހުންނެވެ. އިނގުރައިދޫ ދާއިރާގައި ހިމެނޭ، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ ފައިނު އަދި ކިނޮޅަސް މަޖިލީހުގައި ތަމްސީލް ކުރެއްވުމަށް އެ ދާއިރާއަށް ވާދަކުރައްވާކަން އިއުލާން ކުރައްވައި ހަސަންޓޭ ވިދާޅުވީ، މި ފާއިތުވި 15 އަހަރު ދުވަހު އެ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަކާއި ދަތިތައްް އަހާއި ބެލުމުގައި އެންމެ ގާތުގައި އޭނާ ހުންނެވި ކަމަށެވެ. 

ރައްޔިތުން މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މީގެ ކުރިންވަނީ ސޮއިކުރައްވާފަ އެވެ. އޭގެތެރެއަށް ހަސަންޓޭ އިތުރުވުމާއެކު، މަޖިލީހުގައި ތިއްބަވާ ސަރުކާރު މެންބަރުންގެ އަދަދު މިހާރު 18 އަށް އެރީއެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް