ads
އަމީނީ މަގުގެ ފަހު ސެގްމެންޓްގައި ތާރު އަޅާ ނިންމާލައިފި
އަމީނީމަގުގެ ފަހު ސެގްމެންޓްގައި ތާރު އެޅުމުގު މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނިންމާލައިފި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފެށި އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ނުނިމި އޮތް ބައިގެ މަސައްކަތް، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަލުން ފެށީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. 

ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ އެ މަސައްކަތް، ދާދި ފަހުން ރާއްޖެއަށް ކުރި ބޯ ވިއްސާރަ އާ ގުޅިގެން މެދުކަނޑާލަން ޖެހުނު ނަމަވެސް، އަލުން މަގުގެ މަސައްކަތް ފަށައި މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ޕަމްޕް ވެސް ބެހެއްޓިފައިވެ އެވެ. މީގެއިތުރުން އެ މަގުގެ ފަހު ސެގްމެންޓް ހަދާފައިވަނީ އިތުރަށް ފުޅާކޮށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެރިކަން ނިމުނު އިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް