ads
ނަޑާލް އަނިޔާވެގެން
ނަޑާލް ނަސީބު ދެރަ، އޮސްޓްރޭލިއަން އޯޕަން ނުކުޅެވޭ
އަނިޔާގެ ސަބަބުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ނުކުޅެ ހުރުމަށް ފަހު، އެނބުރި އައިސް އޮސްޓްރޭލިއަން އޯޕަން ކުޅެވޭނެ ކަމަށް އުއްމީދު ކުރިނަމަވެސް ފަހު ވަގުތު އެ މުބާރާތް ކުރިން ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ ރަފައެލް ނަޑާލް އަށް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

އަހަރެއްހާ ދުވަހު ނުކުޅެ ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، އެއީ ބްރިސްބޭން އިންޓަނޭޝަނަލްގައެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވިނަމަވެސް ދެން ކުޅުނު މެޗުގައި އަނެއްކާވެސް ލިބުނު އަނިޔާއަކާ ގުޅިގެން އޮސްޓްރޭލިއަން އޯޕަން ނުކުޅެވޭނެ ކަމަށް ނަޑާލްވަނީ ބުނެފައެވެ.

އެންމެ ފަހުގެ އޮސްޓްރޭލިއަން އޯޕަންގައިވެސް އަނިޔާއަކާ ގުޅިގެން އުމުރުން 37 އަހަރުގެ ނަޑާލް ނުކުޅެއެވެ.

އޮސްޓްރޭލިއަން އޯޕަން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފަށާއިރު ނިމޭނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ފިރިހެން ސިންގަލްސް ފައިނަލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް