ads
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފައްދަން ނިންމައިފި
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މިރޭ ރައީީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރައްވައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ގާނޫނު އަސާސީން ރައީީސަށް ލިބިދޭ ބާރުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސަލް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދަވަން މިއަދު ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޮން ޝޯ ބެންކެއްގެ އޮޕަރޭޝަންގެ ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަވައިދެއް އެކުލަވާލުމަށްފަހު، އެ ގަވައިދުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ.

"އެ ގާނޫނު ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސް ކުރުމަށް [ވަޒީންގެ މަޖިލީހުން ނިންމި]. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އުފެދޭ މި ބޭންކަށް ގާނޫނީ ހައިސިިއްޔަތު ލިބިގެންދާނެ،" މާ ބޮޑު ތަފްސީލުތަކެއް ހާމަ ނުކުރައްވާ ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާއި ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ބިލެއް ޑްރާފްޓްކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވައި އެ ބިލް ފާސްކުރުމަށް މަސައްކަތް ކުރެއްވުމަށް ވެސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ރާއްޖޭގައި އުފައްދާ އެ ބޭންކަށް ގާނޫނީ ހައިސިއްޔަތު ލިބިގެން އެ ބޭންކުގެ މަސައްކަތް ކުރެވިގެބްދާނެ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް