ads
ސްކޫލު ކުދިން; އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަމަޖައްސައިފި
އަންނަ އަހަރު ސުކޫލު ބޮޑު ޗުއްޓީ ޑިސެންބަރަށް ބަދަލުކޮށްފި
އަންނަ އަހަރުގެ ސުކޫލު ބޮޑު ޗުއްޓީ ޑިސެންބަރު މަހު ފެށުމަށް ފަހު ކުރީން އޮތް ގޮތަށް ސުކޫލު ކިޔެވުމުގެ ކަންކަން ތަރުތީބު ކުރުމަށް ކެބިނެޓްގެ މަޝްވަރާއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
Advertisement

އެކަމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީޙުގައި މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އެ މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރު ޑިސެންބަރު ގައި ސުކޫލު ބޮޑު ޗުއްޓީ ފަށާ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. 

ރައީސް އޮފީހުން ބުނީ މި ބަދަލާ އެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެންބަރު މަހު ހަތަރު ހަފްތާގެ މުއްދަތެއް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

އަދި މި ބަދަލު ގެންނާނީ ކުދީންގެ ކިޔެވުމަށް ދަތި ނުވާނެ ގޮތެއްގެ މަތީން ކަމަށާ އެ ބަދަލުތައް އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ތަފްސީލުކޮށް ހާމަ ކުރާނެ ކަމަށެވެ. 

"މި ނިންމުމުގައި 2025 ވަނަ އަހަރުގައި ބޮޑު ޗުއްޓީ ލިބޭނެ. އެއީ، އެންމެ ކުރިން އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެކު 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލެންޑާ ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން [އެއީ] ހަމަ އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް،" މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.

މި ބަދަލު ގެނައީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓްރީން މި ބަދަލުތަކުގެ ތަފްސީލް ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސުކޫލު ޗުއްޓީ އަކީ ޑިސެންބަރު މަހެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާއި އެއްގޮތަށް ކުރީ ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދިރާސީ އަހަރު ފެށޭ ދުވަސް ކުރީން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް