ads
ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ސައިބާ ހަމަލާތަކެއް
ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ސައިބާ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

ރިސޯޓްތަކަށް މިއަދު ސައިބާ ހަމަލާތަކެއް އަމާޒުވެފައިވާއިރު ރޭގެ ވަގުތެއްގައި ދިވެހި ސަރުކާރުގެ ބައެއް ވެބްސައިޓްތަކުގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓްވެސް ވަނީ ޑައުންކޮށްލާފައެވެ.

މިއަދު މިހާތަނަށް 20 ރިސޯޓެއްގެ ވެބްސައިޓް ހެކް ކޮށްފައިވާ ކަމަށާއި ޑީޑޮސް ހަމަލާތައް މެދުކެނޑުމެއް ނެތި ދެމުން އަންނަކަމަށް ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރައްވާ ފަރާތަކުން ހާމަކޮށްފައިވެއެވެ.

ރާއްޖެއަށް ސައިބާ ހަމަލާތަކެއް އަމާޒުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ދެކުނުގައި އޮންނަ ލަކްޝަދީޕްގެ ރަށްތަކެއް ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންތަކާއި ވެރިކަން ކުރާ ޕާޓީގެ ބައެއް މެމްބަރުން އިންޑިއާގެ ބޮޑުވަޒީރާއި އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ބަދުބަސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން އިންޑިއާގެ މީޑިއާގައި އެގައުމުގެ ރައްޔިތުންގެ އިތުރުން ބައެއް ނުފޫޒުގަދަ ފަރާތްތަކުން އަންނަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ވަރުގަދަ އެންޓިކެމްޕެއިނެއް ކުރަމުންނެވެ.

ސަރުކާރުގެ އިސް މަގާމުގައި ތިބެ އިންޑިއާގެ ބޮޑުވަޒީރަށާއި އެގައުމުގެ ބޮޑުވަޒީރަށް އިހާނެތި ބަސްބުނި ޑެޕިއުޓީ މިނިސްޓަރުން މިހާރުވަނީ މަގާމުން ވަކިކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް