ads
ސްޓެލްކޯ އިން ވިލިމާލޭގައި ޕާކެއް ތަރައްގީ ކުރަނީ
‏ވިލިމާލޭގެ 38 ނަންބަރު ކޮށީގައި ޕާކެއް ތަރައްގީ ކުރުމަށް އިއްޔެ ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެ ފަދަ ތަނަކަށް ވިލިމާލޭގެ 38 ވަނަ ނަންބަރު ކޮށީގައިވާ ޕާކް ހެދުމަށްޓަކައި، އެ ޕާކުގެ އާބާތުރަ ފިލުވައި އެތަން ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ މާލެ ސިޓީ ކައުންސިލާއި ޕަބްލިކް ވޯކްސް މިނިސްޓްރީ އަދި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި، ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރު އަހްމަދު ނަރީޝް އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އެފަދަ މަސައްކަތް ކުރަނީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގުޅުންހުރި ކަންކަން ބަލައިގެން ކަމަށެވެ. އަދި ވީހާވެސް އަވަހަށް ޕާކުގެ މަސައްކަތް ނިންމައި، އާންމުންނަށް އެތަން ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް އެއްބަސްވުން ގާއިމް ކުރެއްވުމަށްފަހު ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ ޕާކު ތަރައްގީ ކުރެވުމަކީ އެގޮތަށް އަޅާނުލެވި ހުންނަ ތަންތަނުގެ އާބާތުރަ ފިލުވައި އިތުރަށް ދިރުން ގެނެސްދިނުމަށް، ރައީސްގެ ވިސްނުންފުޅާއި އެއްގޮތައް ކުރެވޭ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް