ads
އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
މާލޭގައި ވިހަ ގޭސް ހުރި މިންވަރު ދެނެގަތުމަށް އާލާތްތަކެއް ހަރުކުރަނީ
މާލެ ސަރަހައްދުގެ ވައިގައި ވިހަ ގޭސް ހުރި މިންވަރު ދެނެގަތުމަށް، ހާއްސަ އާލާތްތަކެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.

މިނިސްޓަރު ވިދާޅުވީ، މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގައި ވިހަ ގޭސް ހުރި މިންވަރު ދެނެގަތުމަށްޓަކައި އާލާތްތަކެއް ހަރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ވިހަ ގޭސް ހުރި މިންވަރު ބަލާ އާލާތްތައް މިހާރުވެސް ހަރުކޮށްފައިވާ ކަމަށާއި، މާލޭގައި ވެސް އެ އާލާތްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިމުމުން މާލޭ ސަރަހައްދުގައި އެންމެ ބޮޑަށް ވައި ތަގައްޔަރު ވެފައިވާ ސަރަހައްދުތަކަކީ ކޮބައިކަން ދެނެގަނެވި، އެކަމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، މާލެ ފަދަ ތޮއްޖެހިފައި އޮތް ތަނެއްގައި ދުއްވާ އުޅަނދުތަކުން ދޫވާ ވިހަ ގޭހުން ސިއްހީ މައްސަލަތައް ކުރިމަތި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ މާލެ ސަރަޙައްދުގައި ރަނގަޅު ޓްރާސްޕޯޓް މާސްޓަރ ޕްލޭނެއް އޮތްނަމަ، އަޅުގަނޑުމެންނަށް އިތުރު ލޯ އެމިޝަން ޓްރާންސްޕޯޓް ސިސްޓަމްތަކެއް ޤާއިމް ކުރެވޭނެ. އިލެކްޓްރިކް ކާރާއި، ބައިސިކަލް އަދި މިނޫންވެސް ދުއްވާ އުޅަނދުތައް އިތުރު ކުރެވި، މިހާރު މާލެ ސަރަޙައްދުގައި ޑީސަލް ފަދަ ތަކެތި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް މަދު ކުރެވިގެންދާނެ" ވަޒީރު ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓް މާސްޓާ ޕްލޭނެއްގެ ދަށުން ލޯ އެމިޝަން ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރެވޭނެ ކަމަށެވެ. އޭގެތެރެއިން އިލެކްޓްރިކް އުޅަނދުތައް އިތުރު ކޮށް، ޑީސަލާއި ޕެޓްރޯލް ބޭނުން ކޮށްގެން ދުއްވާ އުޅަނދުތައް މަދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މަގުތަކަކީ ސާފުފުތާހިރު އަދި ހުރިހާ ގޮތަކުން ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް