ads
ރާއްޖެ ޕްރޮމޯޓުކުރުން ހުއްޓާލަން އިންޑިއާގެ އިންޑިއަން ޗެމްބާ އޮފް ކޮމާސް އިން ގޮވާލައިފި
ރާއްޖެ ޓޫރިޒަމް ޕްރޮމޯޓުކުރުން ހުއްޓާލަން އިންޑިއަން ޗެންބާ އޮފް ކޮމާސް ގެ ޗެއާމަން ސުބާސް ގޮޔަލް ގޮވާލައިފި އެވެ
Advertisement

އިންޑިއާ ވިޔަފާރިވެރިންގެ އެއް ބައިވެރިޔާ އައިސީސީ އިން މިއަދު ނެރުން ނޫސް ބަޔާނެއްގައި އެ އެސޯޝިއޭޝަނުން ބުނެފައިވަނީ ދިވެހި ރާއްޖޭގެ ބައެއް އިސްވެރިންގެ ފަރާތުން އިންޑިޔާއާއި މެދު ނަފްރަތު އުފެދޭ ފަދަ ވާހަކަތަކެއް ދައްކާފައިވުމުން އެ އެސޯޝިއޭޝަންގެ މެމްބަރުގެ ގޮތުގައި ހަރަކާތްތެރިވާ މެމްބަރުން ދިވެހި ރާއްޖެ ޕްރޮމޯންޓުކުރުން ހުއްޓާލަން އަންގާފައި އެވެ. 

ރާއްޖޭގެ ޓުއަރިޒަމް އިންޓަސްޓްރީގައި މުހިންމު ރޯލެއް އިންޑިޔާއިން ކުޅުން ނަމަވެސް އެކަން ކުރުމަށް އެ ނޫސް ބަޔާނުގައި ސުބާސް ގޮޔަލް ބުނެފައިވެ އެވެ.

"ރާއްޖެ ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތައް ލަކްޝަދީމާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތަކަށް ބަދަލު ކުރަން ގޮވާލަން. މި މަންޒިލުތަކަކީ ރާއްޖެއަށް ވުރެ މާ ރަނގަޅު މަންޒިލުތައްކަން އަންގައިދޭން ޖެހޭ،" ބަޔާނުގައިވެ އެވެ.

ސުބާސް ގޮޔަލް އިތުރަށް ބުނީ ރާއްޖެ ޕްރޮމޯޓު ކުރުމުގެ ބަދަލުގައި ލަކްސަދީޕް އަދި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ޕްރޮމޯޓުކުރުމަށް އައިސީސީގެ މެމްބަރުންނައް އަންގާކަމަށެވެ. މީގެ އިތުރުން ރާއްޖެ ނޫން އިންޑިއަން އޯޝަންގައި ހުރި ޑެސްޓިނޭޝަންތައް ކަމުގައިވާ ސްރީލަންކާ، މޮރީޝިއަސް، ބާލީ އަދި ޕުކެޓް ޕްރޮމޯޓުކުރަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. 

އައިސީސީގެ ބަޔާނުގައި ބުނީ އެ މަންޒިލުތަކުގެ އިތުރުން ސްރީލަންކާ، މޮރިޝަސް، ބާލީ އަދި ފުކެޓް ފަދަ ތަންތަން ވެސް ޕްރޮމޯޓުކުރެވޭނެ ކަމަށާއި އިންޑިއާގެ އެއާލައިންތައް ވެސް ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި "އުޑާން ސްކީމު"ގެ ދަށުން ލަކްޝަދީބަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލި އެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެންމެ އިންޑިއާގެ ބޮޑު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އީޒް މައި ޓްރިޕްއިންވެސް ވަނީ ރާއްޖެއަށް ބުކިންގް ހެދުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.

އިންޑިއާގެ ކެމްޕޭނާއެކު 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ބުނެފައި ވެއެވެ. އެކަމަކު އެއިން އެއްވެސް ނަމްބަރަކީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައިވާ ނަމްބަރުތަކެއް ނޫނެވެ.  

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ބުނީ ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ.

އިންޑިއާއިން އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް