ads
އޭޖީ އުޝާމް ކޯޓުތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: އޭޖީ އޮފީސް
ބަންޑާރަ ނައިބު ކޯޓުތަކަށް ޒިޔާރަތް ކުރައްވާ، ހާލަތު ބައްލަވައިފި
ބަންޑާރަ ނައިބު އަހްމަދު އުޝާމް ކޯޓުތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

އުޝާާމްގެ މި ޒިޔާރަތުގައި ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓު އަދި ފެމިލީ ކޯޓަށް ޒިޔާރަތް ކުރައްވާ އެ އިމާރާތްތަކުގެ ހާލަތު ބެއްލެވި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

ކޯޓުތަކަށް ކުރެއްވި މި ޒިޔާރަތުގައި އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިނާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ.

މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ކްރިމިނަލް ކޯޓަށް ވަނީ ފެން ވަދެފައެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކާހުރެ ބައެއް ޝަރީއަތްތައް ކެންސަލް ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް