ads
ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ތިން ބޭފުޅުން
ކުޑައިމީސް ކުރި ނައިބުން އަދި މިނިސްޓަރު ޒަމީރު މަޖިލީހަށް ހާޒިރުކުރަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ކުޑައިމީސް ކުރި މައްސަލައިގައި ފޮރިން މިނިސްޓަރާއި އެކަން ކުރެއްވި ޔޫތްގެ ނައިބު ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
Advertisement

މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލައިގައި ޒަމީރާ ސުވާލުކުރަން ހުށަހަޅުއްވާފައިވާ ކަމަށެވެ

އެ ޕޯސްޓުގައި އިތުރަށް ވަނީ މީކާއިލް މިނިސްޓަރު ޒަމީރާއި ކުރަން ބޭނުންވާ ސުވާލަކީ މޯދީއަށް ކުޑައިމީސް ކުރުމުން ވެސް ސަރުކާރުގެ ފަރާތުން އިންޑީއާގެ ކިބައިން މާފަށް އެދިފައިނުވަނީ ކިއްވެތޯ އާއި ނައިބު ވަޒީރުން މަގާމުން ވަކި ނުކުރަނީ ކީއްވެތޯކަމަށެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ އަށް ބަދު ބަސް ބުނެ، މަލާމާތް ކުރައްވައި މީސް މީޑިއާގައި ފާޑު ވިދާޅުވެފައިވާ މައްސަލައިގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. 

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް