ads
އައިލެންޑް އޭވިއޭޝަނުން ބޯއިންގެ 8-787 މަތިންދާ ބޯޓެއް ހޯދަން އިއުލާނުކޮށްފި
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބޮއިންގް ބީ787-8 މަތިންދާބޯޓު ޑްރައި ލީސް ކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މިއަދު ގެޒެޓްގައި އައިއޭއެސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން، އީމެއިލް މެދުވެރިކޮށް އެކަން އެންގުމަށެވެ. 

މިއީ ބޯއިންގެ ބޯޓެއް އެ ކުންފުނިން ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.

ބީލަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 25 ޖެނުއަރީ 2024 ގެ 14:30 ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށާއި ބިޑުގައި ބައިވެރިވުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް މެއިލް ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އީއޯއައި ފޯމް އައިއޭއެސްއެލް ޕްރޮކިއުމަންޓް މެއިލްއަށް މެއިލްކޮށްގެން ޝައުގުވެރިކަން ފާޅުކުރަންވަން އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ މިކަމަށް ސައުގުވެރިވާ ބޭފުޅުން [email protected] މެއިލް އެޑްރެސް އަށް މެއިލް ކޮށްދިނުމަށެވެ. އަދި މައުލޫމާތު ސާފު ކުރެއްވުމަށް އެ ކުންފުނީ ވެބްސައިޓަށް ޒިޔާރަތް ކޮށްލުމަށް އެ ކުންފުނިން ބުނެ އެވެ. 

ބޮއިންގް 787-8 މަރުކާގެ މަތިންދާބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މިއީ 14،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓު ގެނެސް ފަތުރުވެރިން އަންނަ މަންޒިލުތަކަށް ސީދާ ދަތުރުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ. އެގޮތުން މޯލްޑިވިއަން އިން މިދިޔަ ހަފުގައި ވަނީ އޭ 330-200 ގެ އެއާބަސް ބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް