ads
ކޮމާޝަލް ސްޕައިންގެ ނަމުގައި ހުޅުމާލޭގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ޗައިނާއާ ހަވާލުކޮށް ސޮއިކުރުން - ފޮޓޯ: ރައީސް އޮފީސް
ހަތް އިމާރާތެއް އެޅުމަށް ޗައިނާއާ ހަވާލުކޮށްފި؛ އާބަން އައިލް މަޝްރޫއުގައި ހިމެނޭ
ހުޅުމާލެގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" މަޝްރޫއުގައި ހިމެނޭ "ސްޕައިން" ރަމްޒުކޮށްދޭ ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަފުދުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މި ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ.

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ކުރިން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޖިއާން ޕްރޮވިންސްގައި މިއަދު ހެނދުނު ރާއްޖޭގެ ބިޒްނަސް ފޯރަމްގައި މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ހުންނާން ކޮންސްޓަރްކްޝަންސް އިންވެސްޓްމެންޓާއެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒުގެ ގޮތުގައި "އާބަން އައިލް" މަޝްރޫއު ތަރައްގީކުރާއިރު އެތަނުން ތަފާތު ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ކޮމާޝަލް ސްޕައިންގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ހުޅުމާލޭގައި ހިންގާ މަޝްރޫއެކެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ މި މަޝްރޫއަކީ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް