ފިޓް މޯލްޑިވްސް އެޕްލިކޭޝަނުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވަޒީރު ރާފިޢު ވިދާޅުވީ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމިއްޔާތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަ ފިޓް މޯލްޑިވްސް އެޕްލިކޭޝަން ހުރިހާ ދިވެހިންނަށް ހިލޭ ބޭނުންކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.