ads
އިކޮނޮމިކް މިނިސްޓަރު ސައީދު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޗައިނާއާ ގުޅިގެން އިގްތިސާދީ ގޮތުން އާ ހަރުފަތްތަކަށް ދެވޭނެ: މިނިސްޓަރު ސައީދު
ރާއްޖެ އަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކުރަން ރާއްޖޭން ބޭރުގައި ހުރި ވިޔަފާރީގެ ހާއްސަ ފުރުސަތުތައް ހޯދުމަށް ޗައިނާއާ ގުޅިގެން އިގްތިސާދީ ގޮތުން އާ ހަރުފަތްތަކަށް ދެވޭނެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ދެއްވި ސްޕީޗްގައި ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން މިކަހަލަ ފޯރަމްތައް ބާއްވަނީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ކަމަށެވެ. 

މި ފޯރަމުގައި ޗައިނާގެ ގިނަ އަދަދެއްގެ ވިޔަފާރިތައް ބައިވެރިވުމަކީ ރާއްޖެއާ މެދު އެފަރާތްތަކަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމެއްކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ، ފޯރަމެއްގެ ނަތީޖާ ފެންނާނީ، ވިޔަފާރިތައް ފެށި، އަމަލީގޮތުން އެކަންކަން ފެންނަން ފެށުމުން ކަމަށެވެ. 

ރާއްޖެގެ އިގްތިސާދީ ހަރަކާތްތަކުގެ 80 އިންސައްތަ ބޭރުގެ އިންވެސްޓަމަންޓުތަކަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ތަރައްގީގެ ވިސްނުންހުރި ސަރުކާރެއް ކަމަށެވެ.

"ޗައިނާއަކީ ރާއްޖެއާ ހާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގާތް އެއް ގައުމު. ދެ ގައުމު ގުޅިގެން އިގްތިސާދީ ގޮތުން އާ ހަރުފަތްތަކަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަނުން ފެށިގެން ޗައިނާއާއި ވިޔަފާރީގެ އެއްބަސްވުންތަކާއި ޗައިނާގެ ވިޔަފާރިވެރިންނާއި ފަރިތަ ސައީދު ވިދާޅުވީ ސިނަމާލެ ބްރިޖާއި ލ.އަތޮޅު ކޯޒްވޭ އާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ދެ ގައުމުގެ ދެމެދު ވެފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމަކީވެސް ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ދިވެހިންނާ ގުޅުހުންހުރި މުހިންމު މަޝްރޫއުތައް ކަމަށެވެ. 

އަދި އެ ގުޅުން ކުރިއަށް އޮތްތަނުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ފެށި އިންވެސްޓް ފޯރަމްގައި 300 އަށް ވުރެ އެކި ވިޔަފާރިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އޭވިއޭޝަނާއި ޓްރެވެލް ޓޫރިޒަމާއި ރިއަލް އެސްޓޭޓާއި އިންޖިނިއަރިން، ކާގޯ އެންޑް ލޮޖިސްޓިކްސް އާއި ބޭންކިން އެންޑް ފައިނޭންސިން އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް