ads
ސްވިމިންގ އިވެންޓެއްގެ ތެރެއިން
ސްވިމިންގެ އިންތިޚާބު ފަސްކޮށްފި
ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަންނަ މަހަށް ފަސްކޮށްފިއެވެ. އިންތިހާބު ފަސްކުރީ، ކޮރޯނާ ވައިރަހާއި ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ހާލަތާއި ގުޅިގެން ކަމަށް ސްވިމިން އެސޯއޭޝަނުން ބުންނެވެ.

މާރިޗު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އިއުލާނުކޮށްފައިވާ އިންތިހާބު ދެން ބާއްވަން ސްވިމިން އެސޯސިއޭޝަނުން ގަސްދުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އެގާރަވަނަ ދުވަހުއެވެ.

"އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޯވިޑް19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން"

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި އިންތިހާބުކުރާނީ ރައީސަކާ، ނާއިބު ރައީސް އަދި ހަޒާންދާރުގެ އިތުރުން އެސޯސިއޭޝަންގެ މެންބަރު ކްލަބުތަކުން، ކޯޗުން އަދި ޓެކްނިކަލް އޮފިޝަލުން، މިއިން ކޮންމެ ދާއިރާއަކުން އިންތިހާބުކުރާ އެކަކެވެ. އަދި މީގެ އިތުރުން އެސޯސިއޭޝަންގެ ވަކިވަކި މެންބަރުންގެ ފަރާތުން އިންތިހާބުކުރާ އަންހެން އަދި ފިރިހެން މެންބަރެއްވެސް އެކްސްކޯގައި ހިމެނޭއެވެ. އިންތިހާބުކުރާ ސްވިމިން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ފެށޭނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް