ads
ރައީސް މުއިއްޒު މިރޭ ބެއިޖިން އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މާބޮނޑިއެއް އަރުވަނީ
ރައީސްގެ ދެކަނބަލުން ޗައިނާގެ ބެއިޖިންގއަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ބެއިޖިންގ އަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް ގެ ދެކަނބަލުން ވަޑައިގަތުމުން އެދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސްގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވި އެވެ. 

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަށް ރައީސް މުއިއްޒު ޗައިނާ އަށް މި ކުރައްވާ ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. 

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

އެ ބޭފުޅުންނަށް ބެއިޖިންއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާގެ ހަވީރު އެވެ. އެއާ އެކު ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައި ބައެއް އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއިކުރާނެ އެވެ. އޭގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޗައިނާގެ ރައީސް ދެއްވާ ރަސްމީ ޖާފަތް ވެސް މާދަމާ އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ފޫޖިއާންގައި "އިންވެސްޓް މޯލްޑިވްސް 2024"ގެ ނަމުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ފޯރަމްގައި ރައީސް ވަނީ، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ހަދައިދިނުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިހި އަހަރު ދުވަހުގެ މާސްޓާ ޕްލޭންގެ ދަށުން ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް