މޯލްޑިވިއަނުން "އެކްްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ މިހާދު އެ މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް އައްޔަން ކުރެއްވުމުގެ ކުރިން މިހާދު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
މިހާދު ވަނީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމާއި އެމްއޭސީއެލްގެ ބޯޑު މެންބަރު ކަން ވެސް ކުރައްވާފަ އެވެެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް މިހާދު ކުރައްވާފައިވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިހާރު ފުރުއްވަނީ އިބްރާހިމް އިޔާސެވެ.