އެ މިނިސްޓްރީ ބުނީ މާދަމާ ހެނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ ކަމަށެވެ.
އަދި ހޮނިހިރު ދުވަހު ހެނދުނު 6:00 ގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލެވޭނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެރިކަން ނިމުނު އިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.