ads
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަނަށް ނައިބުކަން
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު އަލްއުސްތާޛު ހަސަން އަލީއަށް، ހޯމް މިނިސްޓަރުގެ ނައިބުކަން ދެއްވައިފި އެވެ.

އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަންއަށް ނައިބުކަން ދެއްވީ ކޮން ދުވަހަކުކަން ސާފު ނުވިނަމަވެސް، ރައިސް އޮފީހުގެ ވެބްސައިޓުގައި ހަސަންގެ މައުލޫމާތު މިހާރު ހިމަނާފައި އެބަހުއްޓެވެ. 

ހަސަންއާއެކު ހޯމް މިނިސްޓްރީގައި މިހާރު 15 ނައިބުން އެބަތިއްބެވި އެވެ. އަދި ތިން ސްޓޭޓް މިނިސްޓަރުން އެ އިދާރާގައި އެބަތިއްބެވި އެވެ. 

އަލްއުސްތާޛު ޙަސަން ޢަލީއަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަސަން މަތީ ތަޢުލީމު ހާސިލް ކުރެއްވީ ސައުތު ކޮރެއާއިންނެވެ.

ޙަސަން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލީގަލްގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ފުރުއްވާފަ އެވެ. އަދި މީގެ އިތުރުން އަލްއުސްތާޛު ޙަސަން ޢަލީ އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުވެސް ފުރުއްވާފައެވެ. އަލްއުސްތާޛު ޙަސަން ޢަލީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާކަމުގެ މަގާމުވެސް ހިމެނެއެވެ. އަލްއުސްތާޛު ޙަސަން ޢަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދިނީ 2020 ވަނަ އަހަރުގެ ޖުލައި މަހު އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް