ads
އޮންރީ
ކޮވިޑު ތެރޭ ކޮންމެ ދުވަހަކުހެން ރޮން: އޮންރީ
އާސެނަލް އަދި ފްރާންސްގެ ލެޖެންޑް ތިއަރީ އޮންރީ، ކޮވިޑުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރޯން ޖެހުނު ކަމަށް ބުނެފިއެވެ.

ފްރާންސްއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އަދި އާސެނަލްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 46 އަހަރުގެ އޮންރީ، ސީއީއޯ ޕޮޑްކާސްޓެއްގެ ޑައިރީއަށް ބުނީ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން "ގާތްގަނޑަކަށް ކޮންމެ ދުވަހަކު" ރޮމުން ދިޔައިރު ނަފްސާނީ ސިއްހަތަށް ކުރިމަތިވި ދަތިތަކުގެ އަގުވަޒަން ކުރެވުނު ކަމަށެވެ.

ކޮވިޑް-19 ފެތުރިގެން ދިޔައިރު ކެނެޑާގެ މޮންޓްރަލް އިމްޕެކްޓްގެ ކޯޗުކަމުގައި ހެންރީ ހުރީ އާއިލާއާ އެކަހެރިވެ، ދުނިޔޭގެ އަނެއް ފަރާތުގަ އެވެ.

"އަހަރެން މޮންޓްރިއަލްގައި އައިސޮލޭޝަންގައި ހުރިއިރު، އަހަރެއްހާ ދުވަހު ކުދިން ނުފެނުމަކީ އުނދަގޫ ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.

މިހާރު ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރާ ހެންރީ ބުނީ އޭނާގެ ބައްޕަގެ އެދުމަކީ ދަރިފުޅު ފުރަތަމަ ހިފަހައްޓާލި ހިސާބުން ފެށިގެން "އަޖައިބު ކުރުވަނިވި ފުޓްބޯޅަ ކުޅުންތެރިއަކަށް" ވުން ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް