ads
ރައީސްގެ ދެ ކަނބަލުން ޗައިނާގެ ކޮމިއުނިސްޓު މިއުޒިއަމަށް ޒިޔާރާތް ކުރައްވާއިފި
ރައީސްގެ ދެ ކަނބަލުން މިހާރު ޗައިނާގެ ބެއިޗިންގ އަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ކޮމިއުނިސްޓް މިއުޒިއަމަށް ޒިޔާރާތް ކުރައްވައިފި އެވެ.

ރައީސްގެ ދެ ކަނބަލުން ޗައިނީސް ކޮމިއުނިސްޓް ޕާޓީގެ މިއުޒިއަމް އަށް މިއަދު ހެނދުނު ޒިޔާރާތް ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

18 ޖޫން 2021 ވަނަ ދުވަހު ހުޅުވުން މި މިއުޒިއަމްގައި ޗައިނާގެ ކޮމިއުނިސްޓު ފާޓީއިން މިހާ ހިސާބަށް އަންނަން ކޮށްފައިވާ ދަތުރު ރަމްޒުކޮށްދޭ އެތަށް އެއްޗެއް ފެނިގެންގޮސްފައިވާކަމަށް ވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަށް ރައީސް މުއިއްޒު ޗައިނާ އަށް މި ކުރައްވާ ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ.

 

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. 

އެ ބޭފުޅުންނަށް ބެއިޖިންއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު ހަވީރު އެވެ. އެއާ އެކު ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައި ބައެއް އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއިކުރާނެ އެވެ. އޭގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޗައިނާގެ ރައީސް ދެއްވާ ރަސްމީ ޖާފަތް ވެސް މާދަމާ އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ފޫޖިއާންގައި "އިންވެސްޓް މޯލްޑިވްސް 2024"ގެ ނަމުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ފޯރަމްގައި ރައީސް ވަނީ، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ހަދައިދިނުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިހި އަހަރު ދުވަހުގެ މާސްޓާ ޕްލޭންގެ ދަށުން ހިންގާ ތަރައްގީގެ ބިޔަ މަޝްރޫއަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް