ads
ފޭކު ޑޮލަރުތަކަކާއި އެކު މީހަކު ހައްޔަރުކޮށްފި
ފޭކު އެމެރިކާ ޑޮލަރުތަކަކާއި އެކީ ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 57 އަހަރުގެ ފިރިނެއްކަމަށާއި އެމައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

އޭނާގެ އަތުން ފެނިފައިވާ ސައްހަނޫން ޑޮލަރުތަކުގެ ފޮޓޯ ފުލުހުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފަ އެވެ.

ނަމަވެސް އޭނާ ކޯޓުގައި ބުނެފައިވަނީ އެއީ މަގުމަތިން ފެނުނު ކޮތަޅެއްގެ ތެރޭގައި ހުރި ޑޮލަރު ކަމަށާއި އެއީ އޭނާއާއި ގުޅުމެއް ހުރި ޑޮލަރުތަކެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް