ads
މާލޭގެ ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދަން ސިފައިން އިން ނިކުމެއްޖެ
މިއަދު ވެހުނު ވިއްސާރައިގައި ފެން ބޮޑުވެފައިވާ މާލޭގެ މަގުތަކުން ފެން ހިންދަން އެމްއެންޑީއެފް އިން ނިކުމެއްޖެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ނިކުމެ މިވަނީ ފެންހިއްކުމުގެ މަސައްކަތް ފަށާފައިއެވެ. 

މިކަން ހާމަކޮށް އެމްއެންޑީއެފް އިން އެ އިދާރާގެ އެކްސްގައި ޕޯސްޓެއް ކޮށްފައި އެވެ.

މޫސުން ގޯސްވެ މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު މިހާރު ވެސް ވަނީ ނެރެފަ އެވެ.

މެޓް އޮފީހުން ރީނދޫ ސަަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކާއި ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނެ ކަމަށް ބުނެފައި ވަނީ މިރޭ 8:00 އަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް