ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ މިއަދު ވިދާޅުވެފައި އެވެ. އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފަވާ ފަހުމީ ފާހަގަކުރެއްވި އެވެ.
އެމްޑީ އިތުރަށް ވިދާޅުވީ މި މަސްރޫއު ހަވާލުކުރެވިފައިވަނީ އެމްޓީސީސީއާ ކަމަށާއި މިހާރު މި މަސްރޫއު 40 ޕަސެންޓު ނިމިފައިވާކަމުގަ އެވެ.
އެ މަގުގައި ކުރިން 17 އިންޖީނު ގެ ޕަވާ ހައުސް އިންނާނެކަމަށާއި މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލު ކުރެވިފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. މިކަން ކުރީ މިތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް މި އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން އުނދަގޫވެ އެ ކަން ފާހަގަކުރަމުންދާތީކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް ދުވާލު ގަޑީގައި ކަމަށާއި މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމުގަ އެވެ.