ads
ކްރިތީ އާއި ޕުލްނިތު---
ކައިވެނި ކުރަން އަދި ތައްޔާރެއް ނޫން: ކްރިތީ
ކައިވެނި ކުރަން އަދި ތައްޔާރު ނޫން ކަމަށް އެކްޓަރެސް ކްރިތީ ހަރްބަންޑާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ އޭނާ އާއި ލޯބިވެރިޔާ ޕުލްކިތު ސަމްރާޓް ވެސް ކައިވެނި ކުރަން އަދި ތައްޔާރެއް ނޫން ކަމަށެވެ. ކައިވެނި ކުރާނެ އިރެއް ނިންމުމަށް އަދި އަހަރުތަކެއް ވާނެ ކަމަށް ވެސް ކްރިތީ ވަނީ ބުނެފަ އެވެ.

ކްރިތީ އާއި ޕުލްކިތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އަންގާފައިވަނީ މިދިޔަ އަހަރުގަ އެވެ.

އުމުރުން 31 އަހަރުގެ ކްރިތީ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ހައުސްފުލް 4" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕާގަލްޕަންތީ" އިންނެވެ.

އުމުރުން 35 އަހަރުގެ ޕުލްކިތު އެންމެ ފަހުން ފެނިގެން ދިޔައީ "ވީރޭ ކީ ވެޑިން" އިންނެވެ. އޭނާ ވެސް ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕާގަލްޕަންތީ" އިންނެވެ. "ވީރޭ ކީ ވެޑިން" ގައި ޕުލްކިތާއެކު ކްރިތީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް