ads
ރާއްޖެ އާއި ޗައިނާގެ ވެރިން - ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އަދި ޗައިނާ އަކީ ރަހުމަތްތެރިކަމުގެ ނަމޫނާއެއް
ރާއްޖެ އަދި ޗައިނާ އަކީ ރަހުމަތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ޗައިނާ ޑެއިލީ އެޑިޓޯރިއަލް އިން ސިފަކޮށްފި އެވެ.

ޗައިނާ ޑެއިލީ އެޑިޓޯރިއަލް އިން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފާއިތުވީ ދިހަވަރަކަށް އަހަރުތެރޭގައި ޗައިނާ މޯލްޑިވްސް ޕާޓްނާޝިޕް އިން ވަނީ ޤައުމުތަކުގެ ސައިޒަށް ބެލުމެއްނެތި ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ފައިދާވާ ފަދަ ރަނގަޅު ނަމޫނާއެއް ދައްކައިފި ކަމުގަ އެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުންގެންދާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެ އަދި ޗައިނާ އާއި ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައިވެ އެވެ. އަދި ޗައިނާއިން ރައީސްގެ މި ދަތުރުފުޅު ސިފަ ކުރަނީ ރާއްޖެ އަދި ޗައިނާ ގެ ރަހުމަތްތެރިކަން އާ ހަރުފަތަކަށް އަރާނޭ ދަތުރުފުޅެއްގެ ގޮތުގަ އެވެ.

ޗައިނާގެ ޕްރިމިއާ ލީޗިންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށެވެ. އަދި ޗައިނާއަށް ވަޑައިގަތުމަށް އެރުވި ދައުވަތަށް ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވީ ރާއްޖެ އަކީ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ތަރައްގީގެ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް، އިންޑިއާ ކަނޑުގެ ޖަޒީރާ ސަރަހައްދުގައި އިތުރު އިންވެސްޓްމަންޓުތައް ކުރުމަށް އޭޝިއާގެ އެންމެ ބޮޑު ބާރުން ތައްޔާރަށް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ތާރީހީ ފުރުސަތެއް ލިބިފައި މި ވަނީ. ކަންކަން ކުރިއަށް ގެންގޮސް، މުސްތަގުބަލައިގެން ކުރިއަށް ދިއުމަށް ތައްޔާރު،" ޝީ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން އެހީ ހޯއްދެވުމަށް ދެ ގައުމުގެ ދޭތެރޭގައި ޖުމްލަ 20 އެއްބަސްވުމުގައި ސޮއިކުރައްވާފައިވެ އެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް