ޔުގެންޑާއިން 7 މިލިއަން ޑޮލަރުގެ ކޮވިޑް ވެކްސިން އުކާލައިފި
އުޘައިމީން އަހްމަދު
11 ޖެނުއަރީ 2024 - 12:02:00
ޔުގެންޑާއިން 7 މިލިއަން ޑޮލަރުގެ އަގުހުރި ކޮވިޑް ވެކްސިން މުއްދަތު ހަމަވެފައިވުމުން ނައްތާލައިފި އެވެ.
ވޯލްޑް ބޭންކުގެ ލޯނެއް ބޭނުން ކޮށްގެން ޔުގެންޑާގެ ސަރުކާރުން ގަނުފައިވާ 5.6 މިލިއަން ޑޯސް ކޮޮވިޑް ވެކްސިންގެ މުއްދަތު ހަމަވެފައިވާ ކަމަށް އޮޓިޑް ރިޕޯޓަކުން ވަނީ ހާމަކޮށްފަ އެވެ.
މި ވެކްސިންތަކުގެ އަގު 28.10 ބިލިއަން ޔުގެންޑާ ސިލިންގްސް (ގާތް ގަނޑަކަށް 7.3 މިލިއަން ޑޮލަރު) އަށް އަރާނެކަމަށާއި މި ވެކްސިންތައް މުއްދަތު ހަމަވެފައި ވުމުން މި ތަކެތި ވަނީ ހޮސްޕިޓަލް އަދި އެހެންނިހެން ތަންތަނުން އަނބުރާ ނަގާ އެ ތަކެތި ނައްދާލުމަށް ކުރަންޖެހޭކަންކަން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ޔުގެންޑާގެ އޮޑިޓަރު ޖެނެރަލް ޖޯން މުވަންގާ ބުނި ގޮތުގައި ޑަބްލިއު.އެޗް.އޯ ގެ ސިއްހީ ގައިޑްލައިންނައް އައި ބަދަލުތަކުގެ ސަބަބުން 8.6 މިލިއަން ޑޮލަރުގެ އެޗްއައިވީ އެންޓީރިޓޮރްވައިރަލް ޑްރަގަސްގެ މުއްދަތު ހަމަވެފައިވާކަމަށެވެ.
މުއްދަތު ހަމަވެފައިވާ ކޮވިޑް ވެކްސިންތަކުގެ އަދު އަހަރު ނިމޭއިރު ޖުމްލަ 78 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ޔުގެންޑާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ވެކްސިންގެ ޑިމާންޑް ދަށްވުމަކީ މި މައްސަލައަށް މެދުވެރިވާ ކަމެއް ކަމަށް ޔޫގަންޑާގެ ބޭސް ޕްރޮކިއުމަންޓް އެޖެންސީގެ ވެރިޔާ މޯސެސް ކަމަބަރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް