ads
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީކޮށް މަރުހަބާ ދެންނެވުން -- ފޮޓޯ/ ރައީސް އޮފީސް
ޗައިނާގެ ލީޑަރުންނަށް ރައީސް މުއިއްޒު ދައުވަތު ދެއްވައިފި
ޗައިނާގެ ލީޑަރުން ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

މި ދައުވަތު ދެއްވާފައި ވަނީ ރައީސް ޑރ. މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަން ހާމަކޮށްފައިވަނީ ދެ ގައުމު ގުޅިގެން މިއަދު ނެރިފައިވާ ބަޔާނުގަ އެވެ.

މިބަޔާނުގައިވާ ގޮތުގައި ރައީސް މި ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ނަތީޖާ އާއި މެދު ދެ ގައުމުންވެސް ހިތްހަމަ ޖެހޭ ކަމަށާއި އަދި މި ދަތުރުފުޅަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ރަނގަޅުކުރަން ކުރެވުނު ވަރަށް މުހިއްމު، ފާހަގަކޮށްލެވޭ ދަތުރުފުޅެކެވެ. ރައީސް ޑރ. މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރުވެރިވެވަޑައިގަންނަވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް، ދެ ގައުމުން ގުޅުން ބާއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

މި ފުރަމާނަ ދަތުރުފުޅުގައި އެކި ދާއިރާތަކުން އެހީ ހޯއްދެވުމަށް ދެ ގައުމުގެ ދޭތެރޭގައި ޖުމްލަ 20 އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާއިރު މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާގަ އެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް