ads
"ކަނބުލޮ" ގެ ޕޯސްޓަރެއް
"ކަނބުލޮ" ގެ ޓިކެޓް މިހާރު ބުކްކުރެވޭނެ
ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯއިން އުފެއްދި ދިވެހި ފިލްމު "ކަނބުލޮ" ގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފިއެވެ.
Advertisement

މި ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ފަރާތަކުން ގުޅެން ޖެހޭ ނަންބަރަކީ 7458800 އެވެ. "ކަނބުލޮ" ސިނަމާތަކަށް އަންނަނީ އަންނަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. 

ފިލްމު "ކަނބުލޮ" އުފައްދާފައިވަނީ މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބި ފިލްމު "ކަމަނަ"  އުފެއްދި ޓީމުންނެވެ. 

މި ފިލުމު އުފައްދާފައިވަނީ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެއްވަނަ އަށް ދިޔަ "ޔުކްތާ" ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ވާހަކަތަކެވެ. 

މި ފިލްމުގެ ތަރިންގެ ތެެރޭގައި ހިމެނެނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް