ads
ގުޅިފަޅު
ގުޅިފަޅުގެ މުނިސިޕަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ބޯހިޔާވަހިކަމަށް މިހާރު ތަރައްގީކުރަމުން އަންނަ ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ޗައިނާ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ޗައިނާގެ ސީއެމްއީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ފަންގް ޔަންޝުއީއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން އެހީ ހޯއްދެވުމަށް ދެ ގައުމުގެ ދޭތެރޭގައި ޖުމްލަ 20 އެއްބަސްވުމުގައި ސޮއިކުރައްވާފައިވެ އެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ. 

ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެ ވަޑައިގަންނަވަން ރައީސް މުހައްމަދު މުއިއްޒު ވަނީ ދައުވަތު ވެސް ދެއްވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް