ads
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ފްލެޓް ލިބިފައިވާ ފަރާތަކަށް ފްލެޓު ދޫކުރުން ލަސްކުރުން ކުށްވެރިކުރަން: އެމްޑީޕީ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނައް ދޫކޮށްފައި ހުރި ފްލެޓު އޭގެ ހައްގުވެރިންނަށް ދިނުން ސަރުކާރުން ލަސްކުރާކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
Advertisement

މިކަމާއި ގުޅިގެން އެމްޑީޕީން ނެރުން ނޫށް ބަޔާނުގައި އެ ޕާޓީން ބުނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިޢުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާކަމުގަ އެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާތީ ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ މި ޕާޓީއަށްވެސް ހުށަހެޅުމުންދާކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައި ވެއެެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީ ވެސް ރައްޔިތުން ކަންބޮޑުވާން ޖެހޭކަމެއް ކަމަށް އެ ނޫސް ބަޔާނުގައި އެ ޕާޓީން ވަނީ ފާހަގަކޮށްފާ އެވެ. 

"އެހެންކަމުން ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ހަވާލުކުރުން ޑރ މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވީ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފެށުމަށް މި ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެން ފަހުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެތަންތަން ދިނުމުގެ މަސައްކަތް ހުއްޓިފައިވާކަމަށާއި މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ނޫސް ބަޔާނުގާ ވެއެވެ. ވީމާ މި ހިނދުން މި ހިނދަށް ވީހާވެސް އެ ފަރާތަކަށް އެ ފަރާތަކުގެ ހަނގު ދިނުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް