ads
ޗައިނާއަށް 296 ބާވަތުގެ މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
ޗައިނާއާއި ރާއްޖެއާއި ދެމެދު ގާމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީ ފްރީކޮށް، މަހުގެ 296 ބާވަތެއް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިގްތިސޯދީ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާ، ހާއްސަކޮށް ސީފުޑް އެކްސްޕޯޓް ކުރުމާއި ރީ އެކެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން 296 ބާވަތުގެ ސީފުޑް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބޭއިރު، ރާއްޖޭގައި އެހާ ގިނަ ބާވަތުގެ ސީފުޑް ނުހުރެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަމާޒަކީ ރާއްޖެއިން ނުލިބޭ ސީފުޑް އިމްޕޯޓްކޮށް އެ ތަކެތި އަލުން ރީއެކްސްޕޯޓް ކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިިހާރުވެސް ފާނައާއި ހުއިފިލަނޑާ، އަދި ރީނދޫ އުރަހަ ކަންނެލިވެސް އެކްސްޕޯޓް ކުރަމުންދާ ކަމަށާއި، އެކަންކަން ފުޅާކުރުމަކީ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ތެރެއިން ލިބޭ ވަރަށް ފަހި ފުރުސަތެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ޗައިނާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ފޫޖޯގައި ކުރިއަށްގެންދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި، ދެ ގައުމުގެ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް