ads
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފޮޓޯ:ރާއްޖެއެމްވީ
ރޯދަމަހު ފަހު ދިހައެއްގައި ބޭންކްތައް ހުޅުވާނީ ދެ ދުވަހު
އަންނަ ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކްތައް ހުޅުވާނީ ދެ ދުވަހުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެމްއެމްއޭ އަދި ބޭންކްތައް ހުޅުވިފައި ހުންނާނީ ފަހު ދިހައެއްވާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހާއި 8 ވަނަ ދުވަހުގަ ކަމަށެވެ.

މީގެ އިތުރުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ރޯދަ މަހުގެ އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން އެ ދެ ދުވަހު ކުރިއަށް ދާނެ ކަމަށް އެމްއެމްއޭގެ ބުނެ އެވެ.

ރޯދަ މަހަކީ އެހެން މަސްތަކަށް ވުރެން މަސައްކަތު ގަޑި މަދު މަހެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ މިއަހަރުން ފެށިގެން ކޮންމެ ރޯދަ މަހެއްގެ ފަހު 10ގައި ސަރުކާރު ބަންދު ކުރުމަށެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް