ހަބަރު /

ފޮޓޯ: ސީއެންއެމް
މިއަދު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު ނާދޭ: މަބްރޫކް
އަބްދުﷲ ޔާމިން
27 މާރޗް 2020 - 23:23:15
މިއަދު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު ނާންނަކަމަށް ކޮވިޑް19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް19 އާއި ގުޅިގެން ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، މިއަދުން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން މެދުކަނޑާލުމަށް ސަރުކާރުން އޮތީ ނިންމާފައެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދު ރާއްޖެއަށް އައިސްފައިވަނި 76 ދިވެހިން ކަމަށެވެ. އަދި އެމްޕްލޯއިމެންޓް ވިސާގައި ރާއްޖެ އަށް އެކަކު އައިސްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
"ޓުއަރިސްޓުންގެ އަދަދަކީ ސުމެއް."
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދު އެމީހުން ފުރިފަހުންނެވެ. އަދި އަލަށް ދިވެއްސަކު މިބައްޔަށް ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ނުވަ ފަރާތެއް މިބަލިން ވަނީ ރަނގަޅުވެފައެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް