ads
މާދަމާގެ އިންތިހާބުގައި ވޯޓުލެވޭ ވަގުތަށް އީސީ އިން ބަދަލެއް ގެނެސްފި
މާދަމާގެ އޮންނަ މާލޭ ބޭޔަރު ހޮވުމުގެ ބައި- އިލެކްޝަންގައި ވޯޓުލެވޭ ވަގުތަށް ބަދަލެއް ގެނެސްފިކަމަށް އިލެކްޝަންސް ކޮމިޝަންއިން ހާމަކޮށްފި އެވެ.

އިލެކްޝަން ކޮމިޝަން އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރައި ވޯޓްލުމަށް މީހުން ނިކުތުމަށް ދަތިވެދާނެތީ މާދަމާގެ އިންތިހާބު ގައި ވޯޓް ނަގާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ކުރީން އޮތީ ހަަވީރު 4:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ގެންދާށެވެ. ނަމަވެސް އިތުރު އެއްގަޑިއިރު ވޯޓް ލުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން މާދަމާ ހަވީރު 5:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ގެންދާނެ އެވެ.

"މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، ވޯޓުލުން ނިމޭގަޑި ހަވީރު 5:00 ގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޝަނުންވަނީ ނިންމާފަ،" ކޮމިޝަނުން ބުނެފައިވެ އެވެ.

މާދަމާ ބާއްވަނީ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ. އޭގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރަކު ހޮވުމަށް ވެސް މާދަމާ ވޯޓުލާނެ އެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ގާތްގަނޑަކަށް 55،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ހަތަރު ކެންޑިޑޭޓަކު މަގާމަށް ވާދަ ކުރެ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް