ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ، ދިރާގުޓިވީގެ ހިދުމަތް ވ. ފުލިދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

Advertisement
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ، ދިރާގުޓިވީގެ ހިދުމަތް ވ. ފުލިދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މާލެ އާއި އަތޮޅު ތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ހިދުމަތުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ.
ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާއި މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލާސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތައް ވެސް ހިމެނެ އެވެ.
ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. އެހެން ނަމަވެސް، ދިރާގު ޓީވީ ބެލުމަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއް ނުކުރާނެ އެވެ.
މީގެ އިތުރުން ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެ އެވެ.
ދިރާގު ޓީވީ ތައާރަފު ކުރިތާ މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ނުހަނު ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ދިރާގު ޓީވީ އަށް ހާއްސަ އެޕް އަދި ވީޑިއޯ އޮން ޑިމާންޑް ފީޗަ ތައާރަފު ކުރުމުގެ އިތުރުން ރާއްޖޭގެ ގޭބިސީގެ 72 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.