ads
ތުރުކީން ރާއްޖެއަށް ކާޑު އެތެރެ ކުރުމުގެ އެއްބަސްވުމެއް ގާއިމް ކޮށްފި
ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ގާއިމް ކޮށްފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކަށް ބަރޯސާ ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޮޑިޓީސް، ހަނޑޫ، ހަކުރު، ފުށް އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެއް އަހަރުގެ މުއްދަތަކަށް ބޭނުންވާ ވަރަށް ވުރެ 10 އިންސައްތަ އިތުރު އަދަދަކަށް ކާޑުގެ ބާވަތްތައް ގެނައުމަށް މިހާރު ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާނެ ކަމަށެވެ. އޭގެތެރެއިން ފުށުގެ ފުރަތަމަ ޝިޕްމެންޓަށް މިހާރު އޯޑަރު ދީފައިވާ ކަމަށާއި، ފެށޭ މަހުގެ ތެރޭގައި އެ ޝިޕްމެންޓް ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި ގެނެވޭނެ ގޮތް ވެސް އެކި ގައުމުތަކުން ހަމަޖެހިފައި ވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިކަން އިއުލާނު ކުރައްވާފައިވާއިރު، ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި މިހާރު އެންމެ ގިނައިން އެތެރެކުރަނީ އަވައްޓެރި އިންޑިއާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް