ads
ކޮންމެ ގެޔަކަށް 10 ކިލޯ ހަނޑުލާއި ފުށް ރޯދަޔަށް ހަދިޔާ ކުރާނަން :ރައީސް މުއިއްޒު
ކޮންމެ ގެޔަކަށް 10 ކިލޯ ހަނޑުލާއި ފުށް ރޯދަޔަށް ހަދިޔާ ކުރައްވާނޭކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެ ތަކެތި ގެނައުމަށް ތުރުކީއާ ވާހަކަ ދައްކާ އެއްބަސްވުންތަކެއް ހެދިފައި ވާނެކަމުގައެވެ. އަދި ވިދާޅުވީ މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ހިލޭދޭ ކާޑުގެ އަދަދު އަންނަ އަހަރު އިތުރުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރާއްޖޭން ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް އަމިއްލަ ފައިިމައްޗަށް ތެދުވާ ގައުމަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި އަންނަ މަހު އެ ޝިޕްމެންޓު ލިބޭނެ ކަމަށާއި ބޭސިކް ކޮމޮޑިޓީސް ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެގެން ނުވާނެ ކަމަށެވެ. 

"މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުއް ބަސްތާއެއް ހަދިޔާ ކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން އަލުވި، ފިޔާ އަދި ބިސްވެސް އެެހެން ގައުމުތަކުން ގެނެއުމަށް އެ ގައުމުތަކާއި ވާހަކަ ދެއްކެވިފައިވާކަމަށާއި ވަރަށް އަވަހަށް އޭގެ ސިޕްމަންޓުވެސް ރާއްޖެ އަންނާނެކަމަށް ރައީސް ވިދާޅުވި އެވެ. 

ރާއްޖޭން ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް އަމިއްލަ ފައިިމައްޗަށް ތެދުވާ ގައުމަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް