ads
އުއްތަމަ ފަނޑިޔާރު މ. އަތޮޅަށް ފުރާވަޑައިގެންފި
މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ފުރާވަޑައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި މ. އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ޒިޔާރަތް ކުރައްވާ އެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވާނެ އެވެ. 

އަދި މިދަތުރުފުޅުގައި، މ. އަތޮޅު ވޭވަށުގައި އަލަށް ހަދާފައިވާ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އުއްތަމަ ފަނޑިޔާރު ހުޅުވައިދެއްވާނެ އެވެ. 

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި، ބައެއް ފަނޑިޔާރުންނާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެވަޑައިގަންނަވައެވެ. އުއްތަމަ ފަނޑިޔާރުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް