ads
ކާގޯފެރީ ލަފާފުރުމުގެ ހިދުމަތް އަލުން މާފަންނު ފެރީ ޓާމިނަލަށް ބަދަލުކޮށްފި
ކާގޯފެރީ ލަފާފުރުމުގެ ހިދުމަތް އަލުން މާފަންނު ފެރީ ޓާމިނަލަށް އަނބުރާ އިޔާދަކޮށްފައިވާ ކަމަކަށް އެމްޓީސީސީ އިން ބުނެފި އެވެ.
Advertisement

އެ ކުންފުނިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އަލުން މި ބަދަލު ގެނެސްފައިވަނީ އަމީނީ މަގު މަރާމާތުކޮށް ހުޅުވައިލުމާ ގުޅިގެން ކަމަށެވެ.

ކާގޯ ފެރީގެ ހިދުމަތް އެންމެ ކުރިން ފޯރުކޮށްދިނީ ވެސް މާފަންނު ފެރީ ޓާމިނަލުންނެވެ.

މިކަމާ ގުޅިގެން އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި އަމީނީ މަގު މަރާމާތުކޮށް ހުޅުވާލުމާއި ގުޅިގެން މި ކުންފުނިން މާލެ-ވިލިމާލެ، މާލެ-ގުޅީފަޅަށް ފޯރުކޮށްދެމުންދާ ކާގޯ ފެރީގެ ލަފާ ފުރުމުގެ ހިދުމަތް އަނބުރާ މާފަންނު ފެރީ ޓާމިނަލްއަށް އިއާދަ ކުރެވިފައިވާކަމާއި އަދި މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީ ގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން ވިލިމާލެ ކާގޯ ފެރީގެ ދަތުރުތައް އޮންނާނީ:

  • މާލެއިން ފުރުން އޮތީ 12:30 އަދި 17:00 ހުގައެވެ.
  • ވިލިމާލެއިން ފުރުން އޮތީ 13:00 އަދި 17:45 ގައެވެ.

މި ދަތުރުތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް އޮންނާނެ އެވެ.

ތިލަފުށި ފެރީގެ ދަތުރުތައް އޮންނާނީ:

  • މާލެއިން ފުރުން 14:00 ގައި 
  • ތިލަފުށިން ފުރުން 15:30 ގައި

ގުޅީފަޅުގެ ކާގޯ ފެރީގެ ދަތުރުތައް އޮންނާނީ:

  • ގުޅީފަޅުން ފުރުން 14:45 ގައި
  • ތިލަފުށިން ފުރުން 15:30 ގައި 

އަމީނީ މަގު އެއްކޮށް އިއްޔެ ހުޅުވާލައިފައިވާއިރު އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ އަމީނީ މަގު އިއްޔަ ހުޅުވާލީ، މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭ ޓްރެފިކް ފްލޯ ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަމީނީމަގު ސެގްމެންޓް 12 އަދި 13 ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އެ ދެ ސެގްމަންޓްގައި އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރުއަޅާ ނިންމާލާފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ.

ތާރުއަޅާ ނިންމާލިނަމަވެސް އަމީނީމަގު ހުޅުވާނުލާ މަޑުކުރީ މަގުގައި އިތުރަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް